ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް މިމަހުގެ 14 ގައި ރާއްޖެ ވަޑައިގެން ދަރުސް ދޭގޮތަށް ހަމަޖެހިއްޖެ އެވެ.
މުފްތީ މެންކުގެ ދަތުރުގައި މާލެއާއި އައްޑޫ ސިޓީ އަދި ކުޅުއްދުއްފުށީ ސިޓީގައި އޭނާ ދީނީ ދަރުސް ދެއްވާނެ ކަަމަށް މިނިސްޓްރީން ބުންޏެވެ.
މުފްތީ މެންކް މިމަހުގެ 18 އާ ހަމައަށް ރާއްޖޭގައި މަޑުކުރައްވާނެއެވެ.
މުފްތީ މެންކް މީގެ ކުރިންވެސް މާލެއާއި އައްޑޫ ސިޓީގައި ވަނީ ދަރުސްތައް ދެއްވައިފައެވެ.
އެ ދަރުސްތައް ބާއްވާނެތަން ވަރަށް އަވަހަށް އިއުލާންކުރާނެކަަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް