ޖަަލު އޮފިސަރުންނަށް ގައިދީން އަނިޔާ ކުރޭ: މުނާޒު

ޖަލުތަކުގައި ބަންދު ކުރާ ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންނަށް އަނިޔާ ކުރާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރޭ ވިދާޅުވެއްޖެ އެވެ. މުނާޒު މިއަދު ކުރެއްވި ޓްވީޓެއްގ...

04 Jan 2020 | 09:31

ޖަލުތަކުގައި ބަންދު ކުރާ ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރުންނަށް އަނިޔާ ކުރާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ރޭ ވިދާޅުވެއްޖެ އެވެ.

މުނާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންގެ ފަރާތުން ޖަލު އޮފިސަރުންނަށް ވެސް އެކިއެކި ގޯނާ ކުރުމަކީ ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ކަމަށެވެ

އެފަދަ އަމަލުތައް ހިންގާ ގައިދީންނަށް ހެޔޮ ވިސްނުން ލައިދީ އިސްލާހު ކުރުމުގެ ގޮތުން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ޖަލުން ނެރުން އަމާޒަކަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނާޒު ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައްވެސް ކެތްތެރި ކަމާއެކު އަޅަމުން ގެންދާނެ ކަމަށެވެ.

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީ އަކު ވަނީ ޖަލު އޮފިސަރަކަށް ހަމަލާ ދީފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް