މިހާތަނަށް ފިިހެނުންނަށް އަނިޔާކޮށްގެން މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އަދި ފިރިހެނުންނަށް އަނިޔާ ކުރުމަކީ އެއްވެސް ޙާލަތެއްގައި ޖޯކެއް ނޫންކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝިއަލް ސާވިސް މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާލުވީ ފިރިހެނުންނަށް އަނިޔާކޮށްގެން ޖެންޑާ މިނިސްޓްރީއަށް ބައެއް މައްސަލަ ހުށަހަޅާފައިވާކަމަށާއި، އަދި މިހާރު އެމައްސަލަތައް ބަލަމުން ގެންދާކަމަށެވެ.
" އަޅުގަނޑުމެން ގެވެށި އަނިޔާގެ މައްސަލަތަކުގައި ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކަ ދައްކާއިރު މިދައްކަނީ ހަމައެކަނި އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކައެއް ނޫން. ހަމަ އެ ބީދައިން އަޅުގަނޑުމެން ފިރިހެން ބޭފުޅުންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުން."
ސިދާތާ ވިދާޅުވީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތައްކަށްވުރެ ފިރިހެނުންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތައް ނިސްބަތުން މަދުކަމަށެވެ. އެހެންނަމަވެސް ފިރިހެނުންނަށް އަނިޔާ ލިބިގެން ރިޕޯޓު ކުރުމަކީ "ޖޯކެއް ނޫން" ކަމަށެވެ.
މީގެ އިތުރުން ސިދާތާ ވިދާޅުވީ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުގެ މައްސަލަތައް ކަމަށެވެ. އަދި ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުގެ މައްސަލަތައް ދުވަހެއް ދުވަހެއް ދަނީ އިތުރުވަމުންކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށްވެސް ސިދާތާ ޝަރީފް ވަނި ވިދާޅުވެފައެވެ.
ކުޑަކުދިންނަށް އަނިޔާކޮށްގެން 2017 ވަނަ އަހަރު 1372 މައްސަލައެއް ހުށަހެޅުނު އިރު ނިމިދިޔަ 2018 ގެ ނޮވެމްބަރު މަހުގެ ނިޔަލަށް 1174 މައްސަލައެއް ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް