ހިލޭ ފިރިހެނެއްގެ ސައިކަލު ފަހަތަށް އަންހެނަކު އަދި ހިލޭ އަންހެނެއްގެ ސައިކަލު ފަހަތައް ފިރިހެނަކު އެރުމަކީ ހުއްދަ ކަމެއް ނޫންކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ސުވާލުކުރި ފަރާތުން ސުވާލުގައި ބުނެފައިވަނީ ރަށްރަށުގައި ތިބެނީ ލައިސަންސް ނަގާދޭން ފިރިހެނުން ކަމަށެވެ. މި ހާލަތުގައި ލައިސަންސް ނަގަން ފިރިހެންމީހާގެ ފަހަތަށް އެރުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ސުވާލުކޮށްފައިވެއެވެ. މީގެ ހުކުމަކީ ކޮބައިތޯ އަހާފައިވެއެވެ. ތަފްސީލް ޖަވާބެއް ދިނުމަށް އެދިލައްވާފައިވެއެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ހިލޭ ފިރިހެނެއްގެ ސައިކަލު ފަހަތައް އަންހެނަކު އެރުން، އަދ ހިލޭ އަންހެނެއްގެ ސައިކަލު ފަހަތައް ފިރިހެނަކު އެރުން އެއީ އިސްލާޟްދީނުގައި ހުއްދަކަމެއް ނޫން ކަމަށެވެ. އަންހެން އެގްޒަމިނަރަކު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ޑރ. އިޔާޒް އެދިލައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް