ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަވެ، ކަނޑުގަދަ ވާނެކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން އިލްތިމާސް ކޮށްފިއެވެ.
ދެކުނުގެ އަތޮޅުތަކަށް މިއަދާއި މާދަމާ ބޯކޮށް ވާރޭވެހި، ގަދައަށް ވައިޖެހޭނެކަމަށް މެޓުއޮފީހުން މައުލޫމާތު ދޭ ކަމަށް އެބަޔާނުގައި ހާމަކުރައްވާފައިވެއެވެ. އަދި އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓު އޮފީހުން މައުލޫމާތު ދޭކަމަށް އެންއެމްޑީސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.
އެހެން ކަމުން ކަނޑުގަދަ ވުމުގެ ސަބަބުންނާއި، ފެންބޮޑުވުމުގެ ސަބަބުން ދިމާވެދާނެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
ގޭތެރެއަށް ފެންނުވަންނާނެ ގޮތަށް ވެލިބަސްތާތައް ޖަހައި، ފެންނުޖެހޭނެ ހިސާބަށް މުދާތައް ބަދަލުކޮށް، ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭ ނަމަ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ ބަޔާނުގައި އެދިފައިވެއެވެ.
ކަނޑުދަތުރު ކުރާއިރު، މޫސުމަށް ސަމާލުވުމުގެ އިތުރުން މުވާސަލާތީ ހިދުމަތްތައް ފުރިހަމަތޯ ޔަގީންކުރުމަށާއި، ގެއްލުމެއް ދިމާވެއްޖެ ނަމަ ކައުންސިލްތައް މެދުވެރި ކުރައްވައި އެ އޮތޯރިޓީއަށް ރިޕޯޓު ކުރުމަށްވެސް އެބަޔާނުގައި އެދިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް