ެެއެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕަރައިމަރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން ހުޅުވާލާފިއެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ނެރުނު އިއުލާންގައި ވާގޮތުން މިމަހުގެ ނުވަވަނަ ދުވަހުގެ 4:00 ގެ ކުރިން ޝައުގުވެރިވެލައްވާ ފަރާތްތަކަށް، އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށައެޅޭނޭއެވެ. އޮފިޝަލުންގެ އިތުރުން، ޕަރައިމަރީ އޮބްޒާވް ކުރާނެ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިއަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމުގެ ޕަރައިމަރީ ބޭއްވުމަށް ހަމަަޖެހިފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. މި ޕަރައިމަރީގައި 280 ކެނޑިޓޭޓުން ވާދަކުރާނެއެވެ. އަދި ޕަރައިމަރީގައި ވާދަކުރާނެ ކެނޑިޓޭޓަކު ނެތް 10 ފަރާތަކަށް އެމްޑީޕީގެ ޓިކެޓްވަނީ ކަށަވަރު ވެފައެވެ.
ޕްރައިމަރީ ނުބާއްވާ ދާއިރާތަކަކީ ހޯރަފުށި ދާއިރާ އާއި ބާރަށު ދާއިރާ އާއި ދިއްދޫ ދާއިރާ އާއި މިލަންދޫ ދާއިރާ އާއި އަލިފުށި ދާއިރާ އާއި މަހިނބަދޫ ދާއިރާ އާއި ފުވައްމުލަށް އުތުރު ދާއިރާގެ އިތުރުން ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުއި ވޯޓާއި ދިމާކޮށް، 33000 ވުރެ ގިނަ މީހުން އެމްޑީޕީއަށް ވަނުމަށް ފޯމް ވަނީ ހުށައަޅާފައެވެ. އެމްޑީޕީއަށް އަލަށް ފޯމް ހުށައެޅި މީހުންނާއި ލައިގެން މިހާރު އެމްޑީޕީގައި 81000 އަށް ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އަދި، އެމްޑީޕީ މައުލޫމާތު ދޭގޮތުގައި އެހުރިހާ ބޭފުޅުންނަށްވެސް ޕަރައިމަރީގައި ވޯޓް ލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް