ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފި

މިހާރު ރައްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދާއި މާދަމާ ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސް...

04 Jan 2019 | 11:18

މިހާރު ރައްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދާއި މާދަމާ ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްތަރ މެނޭޖްމެންޓް އިތޮރިޓީ އިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް މިއަދާއި އަދި މާދަމާ ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މަޢުލޫމާތުދީފައެވެ.

މީގެ އިތުރުން މެދު ރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް ގަދަވާނެކަމަށާއި ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިދުވަސްވަރަކީ ރައްޖޭގެ އެކި ކަންކޮޅުތަކަށް ވަރަށް ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ވާރޭވެހި ފެންބޮޑު ވެދާނެކަމަށް ކުރިއާލާ ތައްޔާރުވުމަށާއި، ގެއަށް ފެން ވަދެދާނެ ކަމަށް ތައްޔާރުވެ ތިބުމަށާއި، ގަދަވައިގައި ފުރާޅު ފަދަ ތަކެތި އެއްލާލުން އެކަށީގެންވާތީ އެކަމަށް ތައްޔާރުވުމަށް އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އިތޮރިޓީ އިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް