ކަޅުވަކަރު މިސްކިތް ރޭވުމުގައި އެހީތެރިވާނެ މީހުން ހޯދުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން އިއުލާން ކޮށްފިއެވެ. މިމިސްކިތް ރޫޅާލާފައި ވަނީ 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޯދުމަށް އިއުލާން ކޮށްފައިވަނީ ހިލޭސާބަހަށް މިސްކިތް ރޭވުމުގައި އެހީތެރިވާނެ މީހުންނެވެ. އަދި އިތުރަށް މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ވާގޮތުގައި، ހިލޭ ސާހަބަށް މި މަސައްކަތް ކުރުމަށް ޝައުގެވެރިވެލައްވާ ބޭފުޅުން، ނަމާއި އީމެއިލް އެޑްރެސް 7947266، މިނަންބަރަށް މެސްޖް ކޮށްލެވުމަށެވެ.
މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނުގައި ވާގޮތުގައި، މިސަކިތް އަލުން ރޭވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވާން މީހާރު ފަށައިފާވާ ކަަމަށާއި އަދި ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާވެސް ދެމުން ދާކަމަށެވެ. އަދި، ކުރަން ޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުންވެސް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާކަމަށެވެ.
މިމިސްކިތް އަލުން ރޭވުމަށް ފަހު ބަހައްޓަން ހަމަޖެހިފައިވަނީ ދިރާގުގެ ކުރީގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް