ކުއްލިއަކަށް އަދީބު ޖަލަށް ގެންދިޔުމުން ފުއާދު ތައުފީގު ސުވާލު އުފައްދަވައިފި

ކުއްލިގޮތަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ގެންދިއުމުން، އެކަމާ ސުވާލު އުފެދޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާލުވެއްޖެއެވެ. ފުއާދު ކުރެއްވި ޓްވީޓެއްގައި،...

04 Jan 2019 | 10:19

ކުއްލިގޮތަކަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ގެންދިއުމުން، އެކަމާ ސުވާލު އުފެދޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާލުވެއްޖެއެވެ.

ފުއާދު ކުރެއްވި ޓްވީޓެއްގައި، އެހެން ލީޑަރުންގެ މައްސަލަތަށް މުރާޖައާ ކުރެވުނު ފަދައިން އަހުމަދު އަދީބުގެ ޝަރީއަތްތައްވެސް މުރާޖައާ ކުރެވެންވާނެކަމަށް ދެކޭ ކަމަށާއި ކުއްލި ގޮތަކަށް އަދީބު ޖަލަށް ގެންދިއުމުން ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރު އޮތުމުގެ ބޭނުމަކީ އެންމެންނަށް ވެސް އިންސާފު ހޯދައިދިނުން ކަމަށްވެސް އެ ޓްވީޓުގައި ފުއާދު ވިދާޅުވެފައިވެއެވެ.

https://twitter.com/FuwadThowfeek/status/1080723678130712576?s=19

33 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވާ އަދީބު، ސިއްހީ މައްސަލައެއްގެ ސަބަބުން ގޭބަންދަށް ބަދަލުކުރައްވާފައި ވަނިކޮށް، މިހަފުތާ ތެރޭގައި އަލުން ޖަލަށް ބަދަލު ކުރައްވާފައި ވަނީ ޑޮކްޓަރުންގެ ލަފަޔާ ހިލާފަށް ކަމަށް އަނބިކަނބަލުން ނަޝްވާ ވަނީ ވިދާޅުވެފައެވެ. އަދި އެމްޓީޑީ އިންވެސް ވަނީ އެމަނިކުފާނު ކުއްލިގޮތަކަށް ޖަލަށް ބަދަލު ކުރެއްވުމުން އެކަން ކުއްވެރި ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް