ވ.ފުލިދޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ސަފާރިއެއް ދިޔަވަމުންދާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ.
16 ފަތުރުވެރިންނާއި، 8 ފަޅުވެރިންނާއެކު ޖުމްލަ 24 މީހުނާއި އެކު ދަތުރުކުރަމުން ދިޔަ މި ސަފާރީ ދިޔަވަމުންދާ ކަމަށް އެމްއެންޑީއެފް އަށް މަޢުލުނާތު ލިބިފައިވަނީ މިއަދު 11:20 ހާއިރުއެވެ. އެމްއެންޑީއެފް އިން ބުނީ ސަފާރިއިން ދަތުރުކަމުންދިޔަ އެއްވެސް މީހަކަށް ގެއްލުން ވެފައިނުވާކަމަށައި އަދި މިހާރު ކޯސްތްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާކަމަށެވެ.
ފިހާޅޮހި ރިސޯޓްގެ އުޅަނދެއް މިހާރު ދަނީ ސަފާރީގައި ތިބި މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާދިސާ ހިނގަން މެދުވެރިވީ، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި މީގެ އިތުރުން މެދުތެރޭގެ ބައެއްރަށްތަކަށް ވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް