ރޭ ފަތިހު ބޯކޮށް ވާރޭ ވެހި ގދ. ތިނަދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޭ ފަތިހު ބޯކޮށް ވާރޭވެހި ގދ. ތިނަދޫގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތރިވަމުން ކަމަށެވެ.
"ރަށުގެ ދެ ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން" އާޒިމް ވިދާޅުވިއެވެ.
ފަތިހު ކުރި ވިއްސާރައިގާ ތިނަދޫގައި ފެންބޮޑުވެފައިވާއިރު ދެކުނުގެ އަތޮޅުތަކަށް މިއަދު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ނިމުތުކޮށްފައެވެ. މެޓް އޮފީހުން ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް