ޔެލޯ އެލާޓާއެކު ދެކުނުގެ އަތޮޅުތަކަށް މިއަދު އެއްކޮށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭ

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 08:45 ގައި ނެރުނު މި ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދ...

04 Jan 2019 | 04:13

ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު 08:45 ގައި ނެރުނު މި ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 09:00 އާއި މެންދުރު 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.

އިތުރު ތަފްސީލު ހޯދާލުމަށް މެޓް އޮފީހަށް ގުޅާލުމުން އެ އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް މިއަދު އެއްކޮށް މޫސުން ގޯސްވާނެކަމަށް ފޯކާސްޓް ކުރެވޭކަމަށެވެ. އަދި މިއީ މޫސުމީ ވިއްސާރައެއް ކަމަށާއި މި މޫސުމީ ވިއްސާރައިގާ މިހާރު އެންމެ ގިނައިން ވާރާ ވެހުމުގެ ފުރުސަތު އޮތީ ދެކުނުގެ އަތޮޅުތަކަށާއި މެދުތެރޭގެ އަތޮޅުތަކަށް ކަމުގައި އެ އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް