ސިނަމާލެ ބްރިޖް ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފިއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:50 ހާއިރ...

04 Jan 2019 | 03:40

ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭ މަތިން ކާރެއް ފުރޮޅާލައިފިއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:50 ހާއިރު ކަމަށާއި މި ހާދިސާ ހިނގި އިރު ކާރުގައި އިނީ އެންމެ މީހެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގައި، އެ ކާރުގައި އިންމީހާއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލުން ނެއްޓި ގޮސް މަގު މެދުގައިވާ ރެއިލިންގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް