ގެވެށި ފަރުވާ: ސައިނަސް އަށް ލުއި ލިއްބައިދޭ ހަ ކަމެއް !

ސައިނަލް ބަލި ހުންނަ ނަމަ މިކަމަކީ ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާ ބައްޔެކެވެ. ގެވެށި ފަރުވާގެ މިއަދުގެ ލިޔުމުގައި މި ބަލައިލަނީ ސައިނަސް ހުންނަ މީހުންނަށް ގޭތެރޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ...

04 Jan 2018 | 04:06

ސައިނަލް ބަލި ހުންނަ ނަމަ މިކަމަކީ ގިނަ އުނދަގޫތަކެއް ކުރިމަތި ކުރުވާ ބައްޔެކެވެ. ގެވެށި ފަރުވާގެ މިއަދުގެ ލިޔުމުގައި މި ބަލައިލަނީ ސައިނަސް ހުންނަ މީހުންނަށް ގޭތެރޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ. މި ކަންކަމުން ސައިނަސްގެ އުނދަގޫ ލުއި ކޮށްދެ އެވެ.

ގިނައިން ދިޔާތަކެތި ބުއިން

ހަށިގަނޑުގެ މޮއިސްޗަރ ލެވެލް އިތުރު ކުރުމަށް ގިނައިން ދިޔާތަކެތި ބުއިމަކީ ސައިނަސް އަށް ރަނގަޅު ހައްލެކެވެ. ސައި، ޖޫސް އަދި ފެން ބުއިން އިތުރުކޮށްލުމުން ސައިނަސްގެ އުނދަގޫތައް މަދުކޮށްދެ އެވެ. މިކަމުގައި ނިއުޓްރިއެންޓްސް ގިނަ މޭވާ އަދި ތަރުކާރީ ޖޫސް ބުއިމަކީ އެންމެ އެކަށީގެންވާ ގޮތެވެ.

ގިނައިން އަރާމު ކުރުން

ސައިނަސް ހުންނަ ނަމަ ގިނައިން އަރާމު ކުރުމަށްވެސް ބައެއް ޑޮކްޓަރުން ލަފާދެ އެވެ.

މާމުއި އަދި ލުނބޯ ޖޫސް

މާމުއި އަކީ ގުދުރަތީ "އެންޓިސެޕްޓިކް" އެކެވެ. ތާފަނާ ފެނަށް، ލުނބޯ ހުތާއި މާމުއި އެއްކޮށް ޖޫސްތައްޓެއް ތައްޔާރުކޮށްލައިގެން ބޯލުމުން، ސައިނަސްއިން ކުރިމަތި ކުރުވާ އުނދަގޫތަކުން ދުރުކޮށްދެ އެވެ.

ކުކުޅު ސޫޕް

ކުކުޅު ސޫޕަކީ ރޯގާތަކަށް ހާއްސަ ބުއިމެއްގެ ގޮތުގައި އަބަސުވެސް ބެލެވޭ ބުއިމެކެވެ. ހަމަ އެފަދައިން ސައިނަސް ހުންނަ ފަރާތްތަކަށްވެސް ކުކުޅު ސޫޕަކީ ރަނގަޅު އަދި ސައިނަސްގެ އުނދަގޫތަކަށް ލުޔެއް ލިއްބައިދޭނެ ބުއިމެކެވެ.

ނިދާއިރު ބާލީސް ގިނަ ކޮށްލުން

ބާލީސް ގިނަ ކޮށްލުމޭ މި ބުނަނީ ނިދާއިރު ފަސޭހަވާނެ ހެން ބާލީސް އިތުރު ކުރުމެވެ. ބޯދަށަށްވެސް ބާލީހެއް އިތުރުކޮށްލެވިދާނެ އެވެ. މިގޮތަށް އަމަލު ކުރުމުން ނޭފަތް ބްލޮކް ވުމުން ސަލާމަތްކޮށްދީ ރޭގަނޑު ނިދުމަށް ފަސޭހަ ވާނެ އެވެ.

ނިދާ ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުންކުރުން

ނިދާ ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުން ކުރެވިދާނެ އެވެ. އޭރަށް ކޮޓަރީގެ ވައިގެ ތެތްކަން އެއްވަރެއްގައި ހިފަހައްޓައިދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ނިދާގަޑީގައި ނޭފަތް ބްލޮކް ވުމާއި ނޭފަތުން ދަވަ ނުވަތަ ރޯގާ އައުން ކޮށްޓްރޯލް ކޮށްދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް