އިންޑިއާގެ ތަރި ޖާޒްމިން ރާއްޖޭގައި

އިންޑިއާގެ ބަތޮލާ، ޓީވީ ތަރި އަދި މޮޑެލް، ޖާޒްމިން ބާސިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ. ޖާޒްމިންގެ އިންސްޓަގްރާމް ޕްރޮފައިލްގެ ސްޓޯރީން އެނގޭގޮތުގައި ޖާޒްމިން ޗުއްޓީ ހޭދަކުރަމުންދަނީ ...

03 Dec 2024 | 17:51

އިންޑިއާގެ ބަތޮލާ، ޓީވީ ތަރި އަދި މޮޑެލް، ޖާޒްމިން ބާސިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.

ޖާޒްމިންގެ އިންސްޓަގްރާމް ޕްރޮފައިލްގެ ސްޓޯރީން އެނގޭގޮތުގައި ޖާޒްމިން ޗުއްޓީ ހޭދަކުރަމުންދަނީ ރިޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްގައެވެ. ރާއްޖެއައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.

ޖާޒްމިން އާންމުގޮތެއްގައި ކުޅެފައިހުރީ ތަމިލް، ކަންނާޑާ އަދި ޕަންޖާބު ފިލްމުތަކެވެ. އެހެންނަމަވެސް ބިގްބޮސް، ޑާންސް ދީވާނޭ، ޚަތުރާ ޚަތުރާ އަދި ނަޗްބަލިޔޭފަދަ ހިންދީ ރިއަލިޓީ ޝޯތަކުގައި ޖާޒްމިން ބައިވެރިވެފައިވެއެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިންކަމުގައިވާ ޓޮނީ ކައްކަރު، ނިހާ ކައްކަރު، ވިޝާލް މިޝްރާ، ސްޓެބިން ބެން، އަދި ބީ ޕްރާކްފަދަ ލަވަކިޔުންތެރިންގެ މިއުޒިކް ވީޑިއޯތަކުގައި ޖާޒްމިން ވަރަށް ގިނައިން އެކްޓްކޮށްފައިވެއެވެ.

އުމުރުން މިހާރު 34 އަހަރުގެ ޖާޒްމިންގެ ލޯބިވެރިޔަކީ އިންޑިއާގެ ޓީވީ ތަރި އަލީ ގޯނީއެވެ. އަލީއާއި ޖާޒްމިންގެ ގުޅުން ފެށިގެންދިޔައީ 2021 ވަނަ އަހަރުގެ ފިއާ ފެކްޓަރ: ޚަތްރޯންކީ ކިލާޅީގައި ދެ ތަރިން އެކުގައި ބައިވެރިވުމާއި ހަމައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް