އިސްލާމް ދީނަށް ވުރެ، ރެއިންބޯ ކެޕްޓަން ބޭންޑް މުހިންމެއް ނުވާނެ: ސޭމް މޯސީ

އިނގިރޭސި ޕެރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން އިޕްސްވިޗް ޓައުން ބަލިވި މެޗުގައި، އިޕްސްވިޗްގެ ކެޕްޓަން ސޭމް މުރުސީ، ރެއިންބޯ ކެޕްޓަން ބޭންޑް ނޭޅި މައްސަލަ ވަނީ ހ...

03 Dec 2024 | 16:38

އިނގިރޭސި ޕެރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 އިން އިޕްސްވިޗް ޓައުން ބަލިވި މެޗުގައި، އިޕްސްވިޗްގެ ކެޕްޓަން ސޭމް މުރުސީ، ރެއިންބޯ ކެޕްޓަން ބޭންޑް ނޭޅި މައްސަލަ ވަނީ ހޫނުވެފައެވެ.

މި މައްސަލަ ހޫނުވެ، ޕްރިމިއާ ލީގުން މިކަމާއި ބެހޭގޮތުން އިޕްސްވިޗް ގެ މެނޭޖްމަންޓާއި ސުވާލުކުރުމުން އެ ކުލަބުން ބުނީ ސޭމް މޯސީ އަކީ މުސްލިމް ކުޅުންތެރިއެއް ކަމަށާއި އޭނާ ރެެއިންބޯ ކެޕްޓަން ބޭންޑް ނޭޅީ އެސަބަބައްޓަކައިކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުން އަންނަނީ އެއްޖިންސުގެ "ނަހަމަ" ގުޅުމަށް ތަރުހީބު ދޭ އެލްޖީބީޓީ ކޮމިިއުނިޓީއަށް ތާއީދުކޮށް، 2013 ވަނަ އަހަރުން ފެށިގެން ރެއިންބޯ ލޭސެސް ކެމްޕޭން ނަމުގައި ކޮންމެ ސީޒަނެއްގެ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާ ފާހަގަ ކުރަމުންނެވެ.

ނަމަވެސް މިއަހަރު ޕްރިމިއާ ލީގަށް ކޮލިފައިވި އިޕްސްވިޗް ޓައުންގެ ކެޕްޓަން، މިސްރުގެ މޯސީ، 33، ވަނީ މި ކެމްޕޭންގެ ހަފުތާގައި، އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ރެއިންބޯ ކެޕްޓަން ބޭންޑް އެޅުމާ ދެކޮޅު ހަދައިފަ އެވެ. ޕްރިމިއާ ލީގުގެ ކޮންމެ މެޗެއް ކުޅުނަސް އޭނާ ބޭނުން ކުރާނީ ޕްރިމިއާ ލީގުގެ ސްޓެންޑާޑް ޑިޒައިންގެ ކެޕްޓަން ބޭންޑެވެ. ރެއިންބޯ ބޭންޑް ނާޅާނެއެވެ.

މި މައްސަލައާއި ގުޅިގެން މޯސީ ބުނީ އޭނާއަށް ޕްރިމިއާ ލީގުގެ އުސޫލުތަކަށް ވުރެ، އޭނާގެ ދީން މުހިންމުކަމަށެވެ. އަދި އިސްލާމް ދީނާއި ޚިލާފު އެއްވެސް ކަމެއް ނުކުރާނޭކަމަށް ވެސް މޯސީ ވަނީ ބުނެފައެވެ.

އިޕްސްވިޗުން ވަނީ، މުރުސީގެ މި ނިންމުމަށް އިހުތިރާމް ކުރާކަން ހާމަކޮށް އޭނާގެ ދިފާއުގައި ބަޔާނެއް ވެސް ނެރެފަ އެވެ.

މިސްރުގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މޯސީ އަކީ މި ކެމްޕޭނުގައި މި ސީޒަންގައި ބައިވެރިވާން ދެކޮޅު ހެދި ފުރަތަމަ ކެޕްޓަނެވެ. ލީގުގައި ކުޅޭ ބާކީ 19 ޓީމުގެ ކެޕްޓަނުން ވެސް ވަނީ ރެއިންބޯ ބޭންޑް އަޅައިފަ އެވެ.

ނެދަލެންޑްސްގެ ފެއިނޫޑަށް ކުޅުނު އޯކުން ކޮކްޗޫ އާއި ޕީއެސްޖީއަށް ކުޅުނު އިދުރީސާ ގޭއި އަދި މޮނާކޯގެ މުހައްމަދު ކަމާރާ ވެސް ވަނީ މީގެ ކުރިން، ނެދަލެންޑްސް އާއި ފްރާންސް ލީގުން ހިންގާ ރެއިންބޯ ކެމްޕޭނުގައި ބައިވެރިވާން އުޒުރުވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް