މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތު އެބައޮތްކަމަށް ބުނި ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ބުރަމަސައްކަތްފުޅުން ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ވެފައިވާކަމަށާއި އެހެންކަމުން މިހާރު އެފަދަ އިންޒާރުތައް ރިޕޯޓުތަކުގައި ނުހުންނާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޒަމީރު ހާޒިރުކޮށް ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ދަރަނީގެ ގޮތުގައި އޮތް ވަރާއި، އެއީ ދައުލަތުގެ އާމްދަނީގެ ކިހާ އިންސައްތައެއްތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، ޒަމީރު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޖުމްލަ ދަރަނީގެ ގޮތުގައި 124 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި އެ ދަރަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފެއްދި ދަރަނިކަމުގައި ޒަމީރު ވިދާޅުވި އެވެ.
އެހެން ކަމުން، އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ހިމަނައިގެން ކަމަށެވެ.
ޒަމީރު ވިދާޅުވީ ޑިޔުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ އަދި ރައްޔިތުންނަށް ޚިދުމަތް މަސައްކަތްކޮށްފި ނަމަ، އައިއެމްއެފްގެ ރިޕޯޓްގައި އޮތް ގޮތަށް ރާއްޖެ ބަނގުރޫޓް ވާނެކަމަށާއިި އެހެން ނަމަވެސް، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ކުރެވުނު މަސައްކުގެ ތެރެއިން، ރާއްޖެ ބަނގުރޫޓް ވުމުގެ ބިރުން ސަލާމަތްވެފައިވާ ކަމަށް ޒަމީރު ވިދާޅުވުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް