އުރީދޫ ސުޕަރނެޓް އަންލިމިޓަޑް! އުފާވެރިކަން އަންލިމިޓަޑް!

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ. ލިމިޓުގެ ކަންބޮޑުވުންތަކާއި ދުރުވެ 1...

03 Dec 2024 | 07:18

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.

ލިމިޓުގެ ކަންބޮޑުވުންތަކާއި ދުރުވެ 1ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެޑި ކަނެކްޓިވިޓީ އަށް މަރުހަބާ ކިޔާށެވެ.

މި ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަރނެޓް ފޯރުކޮށްދީފަ އެވެ.

އަންލިމިޓަޑް ސުޕަރނެޓާއެކު

  • އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
  • އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
  • ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން

އުރީދޫއިން ބުނެފައިވާގޮތުގައި ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން 1ޖީބީޕީއެސް އާ ހަމައަށް ބާރު ސްޕީޑް ހިމެނޭއިރު، މި އިތުރު ފައިދާތަކާއެކު ކަނެކްޓެޑް ޑިވައިސްތަކުގެ ފުރިހަމައަށް ބޭނުންކުރެވޭނެ އެވެ. ފިލްމް މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓް ގެ ތަޖުރިބާ ލިބޭނެ ކަން ކަށަވަރު ކޮށްދެ އެވެ.

"އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ހަގީގަތުގައި ވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ހުށަހަޅައިގެން، އަޅުގަނޑުމެން ހަމައެކަނި އުންމީދުތައް ހާސިލްކުރާ ކަމެއް ނޫން- އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ އިންޓަނެޓު ޚިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން. މި އަޕްގްރޭޑުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް" އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ. ސުޕަނެޓް އަންލިމިޓެޑްގެ މިނިވަންކަން މިއަދުންފެށިގެން ތަޖުރިބާކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް