އިއްޔެ ހަވީރު ހުޅުމާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީއަށް ނިސްބަތްވާ މީހެއްކަމުގައި ފުލުހުން ބުނެފިއެވެ.
އިއްޔެ ހަވީރު 05:17 ހާއިރު ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފަޔަރ ސްޓޭޝަނާ ދިމާއިން ފަޅުތެރޭގައި ޚަބަރު ހުސްވެފައިއޮތް މީހަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.
އެއަށްފަހު ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.
މިއަދު ހެނދުނު 10:25 ހާއިރު ފުލުހުން ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީ، ކޮކޮނަޓް ވިލާ، އުމުރުން 36 އަހަރުގެ ޖިނާހް މުހައްމަދު ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ތަހުގީގުގެތެރޭން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރޭގެ ވަގުތެއްގައި ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް