މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގުލާބީމަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެފައި އޮތް...

03 Dec 2024 | 05:52

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ގުލާބީމަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެފައި އޮތްކަމުގެ ރިޕޯޓެއް ލިބިގެން ސީނަށް އެޓެންޑްވެ އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ މއ. ހުދު އަކިރި، އުމުރުން 53 އަހަރުގެ އަބްދުﷲ ހަސަން އެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަބްދުﷲ ހަސަންގެ ފުރާނަ ނެތްކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް