މާ ކުރިން އޮމިކްރޯން ނަމަކަށް ކިޔާ ފިލްމެއް

1963ވަނަ އަހަރު "އޮމިކްރޯން" ނަމަކަށް ކިޔާ ފިލްމެއް އުފައްދާފައިވާއިރު މި ފިލްމުގެ ސްޓޯރީއާ މިހާރުގެ ހާލަތާ ގުޅުވައި އިންޓަނެޓްގައި ތަފާތު ވާހަކަތަކެއް ދައްކަމުން އެބަގެންދެއެވެ. އެގޮތުން މި ފިލްމުގެ ...

03 Dec 2021 | 14:32

1963ވަނަ އަހަރު "އޮމިކްރޯން" ނަމަކަށް ކިޔާ ފިލްމެއް އުފައްދާފައިވާއިރު މި ފިލްމުގެ ސްޓޯރީއާ މިހާރުގެ ހާލަތާ ގުޅުވައި އިންޓަނެޓްގައި ތަފާތު ވާހަކަތަކެއް ދައްކަމުން އެބަގެންދެއެވެ.

އެގޮތުން މި ފިލްމުގެ ފޭކް ޕޯސްޓަރެއް ފުރަތަމަ ދައުރުކުރާން ފެށިއެވެ.

ފިލްމުގެ ނަމަކީ "އޮމިކްރޯން" ކަމަށްވާއިރު ފޭކް ޕޯސްޓަރުގައި "އޮމިކްރޯން ވޭރިއަންޓް" ލިޔެގެން ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށިއެވެ. އަދި މިއީ ދުނިޔެ ނިމުގެ އަލާމާތެއް ކަމުގައި ބުނެ ފާޑުފާޑުގެ ވާހަކަ އަންނަނީ ފަތުރަމުންނެވެ.

1963ގައި ރިލީޒްކޮށްފައިވާ ސައިފައި، ކޮމެޑީ، މި ފިލްމުގައި ދައްކުވައިދެނީ އޭލިއަނުންގެ ބާރު ދުނިޔެއަށް ގަދަކުރުމުގެ ނިޔަތުގައި އޭލިއަނުން އިންސާނުންގެ ހަށިތަކަށް ވެރިވެ އިންސާނިއްޔަތު ނައްތާލަން މަސައްކަތްކުރާ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް