އެއްބަސްވުންތަކުން އެއްވެސް މިންވަރަކަށް ރާއްޖެއަށް އެއްވެސް ބިރުވެރިކަމެއް ނެތް 241 ކަމަށް ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖެއަށް ނުފޫޒެއް ފޯރުވައި އަޅުވެތިކުރުމުގެ އަމަލެއް މިވީތާކަށް ފެނިފައި ނެތް ކަމަށާއި އެހީތެރިވާ ގައުމެއްގެ ގޮތުގައި އިންޑިއާ އަަބދު ވެސް ފެނިގެންދާ ކަމަށެވެ.
"އެއްބަސްވުންތަކުން އެއްވެސް މިންވަރަކަށް ރާއްޖެއަށް އެއްވެސް ބިރުވެރިކަމެއް ނެތް. ދިވެހިންނަށާއި ރާއްޖެއަށް ވާނީ ފައިދާ. އަޅުގަނޑުމެންނަށް ނުކުރެވޭ އެތައް ކަމެއް ފަހިވެގެން ކުރެވިގެން މިދަނީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެއްވެސް ސަބަބެއް އަދި އެއްވެސް ކަމަކަށް ނުވާ ގޮތަށް ނުކުމެ އިންޑިއާ އައުޓްވާ އިރު، އެފަދަ ކަންކަމަކީ ސިޔާސީ ގޮތުން ކުރަން ހެޔޮވާ ވަރުގެ ކަންތައްތަކެއް ނޫން ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބޮޑު މަދަދުވެރިކަމާއި ގާތް ކަމެއް ކަމަށާއި މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމި އޮންނާނީ އިންޑިއާއާއެކު ގާތް ގުޅުމެއް އޮވެގެން ކަމަށް ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް