އޭސް ހާޑްވެއަރގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ

އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލް އާއި ރާއްޖޭގެ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ރާއްޖޭގައި ހުޅުވި އޭސް ހާޑްވެއާގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެ...

03 Dec 2021 | 09:00

އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަރނޭޝަނަލް އާއި ރާއްޖޭގެ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ރާއްޖޭގައި ހުޅުވި އޭސް ހާޑްވެއާގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 1 ޑިސެމްބަރު 2021 އިން ފެށިގެން ޑިސެމްބަރު މަސް ނިމެންދެނެވެ. އެގޮތުން މި ޕްރޮމޯޝަންގައި، އޭސް ހާޑްވެއާއިން ވިޔަފާރި ކުރާ ފަރާތްތަކަށް 80 އިންސައްތާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން، އެ މުއްދަތުގައި ތެރޭގައި އޭސް ހާޑްވެއާއިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 500 ރުފިޔާ އަށް ވުރެ މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބު ވެރި ފަރާތެއް ހޮވާ އިރު، ގުރުއަތުން ހޮވޭ ނަސީބު ވެރި ފަރާތަަކަށް 5،000 ރުފިޔާ ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަނުގައި ޑިސްކައުންޓް ލިބޭ ޕްރޮޑަކްޓް ތަކުގެ ތެރޭގައި، ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެ އަދި ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނާއި ކުޑަކުދިން ކުޅޭ ތަކެއްޗާއި ބާބަކިއު ސާމާނުވެސް ހިމެނެެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް