މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު: އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް މިރޭ

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ރޭ ކުޅުނު އެ ގްރޫޕުގެ ފަހު މެޗު ވެސް ކޭވައިއާރްސީ ކާމިޔާބުކޮށްފި އެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ މެޓްރިކްސް އާ ވާދަކޮށް ފޯރިގަދަ ކުޅުމަކަ...

03 Dec 2021 | 08:54

މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓުގެ ފިރިހެން ޑިވިޝަންގެ ރޭ ކުޅުނު އެ ގްރޫޕުގެ ފަހު މެޗު ވެސް ކޭވައިއާރްސީ ކާމިޔާބުކޮށްފި އެވެ.

މި މެޗު އެ ޓީމުން ކާމިޔާބުކުރީ މެޓްރިކްސް އާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު، 30 ޕޮއިންޓު 24 ޕޮއިންޓުން ނެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ކޭވައިއާރްސީގެ ޢަބްދުﷲ ޒިޔާއު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ އަންހެން ޑިވިޝަންގެ ސެމީފައިނަލުގެ މެޗުތަކެވެ.

ފުރަތަމަ މެޗުގައި 19:45 ގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. މިރޭ 21:30 ގައި ފަށާ ދެވަނަ ސެމީގައި ބައްދަލުކުރާނީ ކޭވައިއާރްސީ އާއި ޝައިނިންގ ސްޓާރ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަންގައި 9 ޓީމު ބައިވެރިވެފައިވާ އިރު، މި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފަ އެވެ.

ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެއީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.

މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ އިރު، އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

އެ އެސޯސިއޭޝަނުން ބުނީ މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ކަމަށާއި އަބަދު ވެސް މާސްކު އަޅައިގެން ތިބުމަށް އެދޭ ކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް