އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫން: ޚުތުބާ

އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫން ކަމަށާއި އެއީ ދުލުން އިޤުރާރުވުމެއް ވެސް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. އީމާންކަން ހަރުދަނާ ކުރުމުގެ މައުޟޫއަށް މިއަދު ދިން ޚުތުބާ...

03 Dec 2021 | 08:26

އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫން ކަމަށާއި އެއީ ދުލުން އިޤުރާރުވުމެއް ވެސް ނޫން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

އީމާންކަން ހަރުދަނާ ކުރުމުގެ މައުޟޫއަށް މިއަދު ދިން ޚުތުބާގައި ބުނީ އީމާންކަން ފުރިހަމަ ވަނީ އަމަލު ކުރުމުން ކަމަށާއި އީމާންކަން ބިނާވެގެން ވަނީ ރަސޫލާ ގެންނެވި ހުރިހާ ކަމެއް ހިތުން ތެދުކޮށް، ގަބޫލުކުރުމާއި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އިގުރާރުވެ، އިމާންވުމާއި ގުނަވަންތަކުން ކުރެވޭ އަމަލުތަކުގެ މައްޗަށް ކަމަށެވެ.

"އީމާންކަން ބަލިކަށިވާ ގިނަ ސަބަބުތަކެއް އިލްމުވެރިން ބަޔާންކުރޭ. އެގޮތުން، އިސްލާމް ދީނުގެ ކަންކަން ރަނގަޅު މަސްދަރުތަކުން ނުހޯދާތީ، އިސްލާމީ އަގީދާއާ ތައާރުޟުވާ ކަންކަން އިތުރުވެފައިވޭ." ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެރި ރަސްކަލާނގެ ރަހުމަތް ލައްވައިފިނަމަ މެނުވީ ނަފްސަކީ އަބަދުވެސް ނުވައި ކަންތައްތަކަށް އަމުރުކުރާ އެއްޗެއް ކަމަށާއި ނަފްސު އަބަދުވެސް މަސައްކަތް ކުރާނީ ނުބައިކަންތައްތަކަށް ގޮވާލައި، ނުބައިކަންތައްތަކާވީ ފަރާތައް ގެންދަން ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ އާޚިރަތް ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތި ވުމަކީ އީމާންކަން ބަލިކަށިވާ ކަމެއް ކަމަށާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ޤުރުއާނުގެ ގިނަ އާޔަތްތަކެއްގައި އެކަން ބަޔާންވެގެންވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް