ޑޮކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސިމްޕޯޒިއަމެއް ބާއްވަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި އިމަރޖެންސީ މެޑިސިން، ޓްރޯމާ އެންޑް ކްރިޓިކަލް ކެއަރ ސިމްޕޯޒިއަމެއް ބާއްވަން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން ބުނީ މިއީ އައިޖީއެމްއެޗް ގެ ޑިޕ...

03 Dec 2021 | 06:55

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި އިމަރޖެންސީ މެޑިސިން، ޓްރޯމާ އެންޑް ކްރިޓިކަލް ކެއަރ ސިމްޕޯޒިއަމެއް ބާއްވަން ނިންމައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއީ އައިޖީއެމްއެޗް ގެ ޑިޕާޓްމަންޓް އޮފް ޓްރޯމާ އެންޑް އިމަރޖެންސީން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި ގުޅިގެން ބާއްވާ އިމަރޖެންސީ މެޑިސިން، ޓްރޯމާ އެންޑް ކްރިޓިކަލް ކެއަރ ސިމްޕޯޒިއަމެއް ކަމަށެވެ.

މާދަމާ ހެނދުނު 08:30ން ހަވީރު 04:30ށް ފުލް ސެޝަނަަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސިމްޕޯޒިއަމްގައި މާލޭގެ ގިނަ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ބައިވެރި މައުލޫމާތު ހިއްސާކުރެއްވުމަށް ހަމަޖެހިފައިވާ ކަަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ޑޮކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކޮށް ޑޮކްޓަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ބާއްވާ މި ސިމްޕޯޒިއަމް ކުރިއަށްދާ ވަގުތު، ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް