ކުޅުދުއްފުށި ސިޓީގައި ހުރި ގަރާޖެއްގައި ރޯވި އަލިފާން ނިއްވާލައިފި

ކުޅުދުއްފުށި ސިޓީގައި ހުރި ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ. އެމްއެންޑީއެފް އިން ބުނީ އެ ސިޓީގައި ހުރި "މެސްކޮޓް ގަރާޖް" ގައި ރޯވި އަލިފާން...

03 Dec 2021 | 06:21

ކުޅުދުއްފުށި ސިޓީގައި ހުރި ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސިޓީގައި ހުރި "މެސްކޮޓް ގަރާޖް" ގައި ރޯވި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައިވަނީ ރޭ 02:48 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން އެސަރަހައްދާސް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އިތުރަށް ބުނީ ފަޔަރަފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް