އިސްރާއީލްގެ ބޮޑުވަޒީރު ބެނެޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނީ

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން އެބަދެ އެވެ. މި ދަތުރުގައި ބެނެޓް އާއި އެކު ރާއްޖެ ވަޑައިގެންފަވަނީ އާއިލާ މެމްބަރުންނެވެ. ބެނެޓްގެ އަންބަކާއިދެ ފިރިހެން ދަރ...

02 Dec 2021 | 19:21

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން އެބަދެ އެވެ.

މި ދަތުރުގައި ބެނެޓް އާއި އެކު ރާއްޖެ ވަޑައިގެންފަވަނީ އާއިލާ މެމްބަރުންނެވެ. ބެނެޓްގެ އަންބަކާއިދެ ފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ތިބެ އެވެ.

އެ އާއިލާ ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓުގެ މައުލޫމާތެއް ނޭނގެ އެވެ. ފޮރިން މިނިސްޓްރީން މީޑިއާގައި ބުނެފައިވަނީ ބެނެޓް ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގަތުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ބެނެޓް މަގާމާއި ހަވާލުވެވަޑައިގެންފަ ވަނީ މިދިޔަ ޖޫން މަހު އެވެ. އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ވައްޓާލުމަށް ފަހު ބެނެޓްގެ ޕާޓީ އާއި އެކު ކޯލިޝަން ހަދާފައިވާ ފަރާތްތަކަށް ވެރިކަމަށް އާދެވުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް