ސައުތު އޭސިއަން ގޭމްސްގައި ސާއިދު ރަން މެޑެލް ހޯދައިފި

ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑެލް ހޯދައިފިއެވެ. ރަން މެޑެލް ހޯދާފައިމިވަނީ ސައުތު އޭސިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައެވެ. މިއީ 35 އަހަރުގެ ދިގު ތާރީހެއް އޮތް މި މުބާރާތުގައި ރާއްޖެއިނ...

03 Dec 2019 | 06:12

ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑެލް ހޯދައިފިއެވެ. ރަން މެޑެލް ހޯދާފައިމިވަނީ ސައުތު އޭސިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައެވެ.

މިއީ 35 އަހަރުގެ ދިގު ތާރީހެއް އޮތް މި މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑެއްޔެވެ.

100 މީޓަރު ދުވުމުގައި ސާއިދު ރަން މެޑެލް ހޯދީ ކުރީ އަހަރު 100 މީޓަރު ދުވުމުގައި ރަން މެޑަލް ހޯދި ލަންކާގެ ހިމާޝާ އީޝާން އަށްވުރެ އެއް ސިކުންތުގެ ފަރަގަކުންނެވެ. މިދިޔަ އަހަރު ސާއިދަށް ލިބުނީ ރިހި މެޑެއްޔެވެ.

ދުވުން ފެށީގެން ކުރިއަށްދިޔައިރު ކުރީގައި އޮތީ ލަންކާގެ ދުވުންތެރިޔާ ހިމާޝާ އީޝާން އެވެ. ނަމަވެސް ފަހު ވަގުތު ސާއިދު ވަނީ ކުރި ހޯދައި ރަން މެޑަލާއެކު ކުރި ހޯދައި ނިންމާފައެވެ.

https://twitter.com/nocmaldives/status/1201738422387273728

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް