ކައުންޓަފިޓް ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހުއްޓުވާފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިމިގްރޭޝަނުން ބުނެފައިވަނީ ނަކަލުކޮށްފައިވާ (ކައުންޓަފިޓް) ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 23 އަހަރުގެ ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވާފައިވާކަމަށެވެ.
އިމިގްރޭޝަނުން މިހާރު އާންމު ކުރައްމުން އަންނަ މިފަދަ މައުލޫމާތުތަކަށް ބަލާލާއިރު ކައުންޓަފިޓް ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މީހުން މަސައްކަތް ކުރާ ކުރުން މިހާރު ވަރަށް ގިނަ ކަމަށް ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހުގައިވެސް އެފަދަ ގޮތަކަށް އެތެރެކުރަން މަސައްކަތް ކުރި ބިދޭސީއަކު ހުއްޓުވާފައިވެއެވެ. އަދި ހަމަ އޭގެ ކުރީ ދުވަހު ބިދޭސީ އަންހެނަކު ހުއްޓުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް