މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެއް ފޮނުވައިފި

ސަރުކާރު ފަރާތުން އިތުރު ހަތަރު ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ތައްޔާޜުވެއްޖެ އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ބިލުތަކުގެ މަސައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކ...

03 Nov 2021 | 16:49

ސަރުކާރު ފަރާތުން އިތުރު ހަތަރު ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ތައްޔާޜުވެއްޖެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ބިލުތަކުގެ މަސައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ގާނޫނަކަށް އިސްލާހު ގެނައުމާއި އަލަށް ހުށަހަޅާ ބިލެކެވެ.

އަލަށް ހުށަހަޅާ ބިލުތަކަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމާއި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމާއި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުން އަދި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ހަތަރު ބިލެއް ހުށަހަޅަން ނިންމާފައި މިވަނީ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. މިދިޔަ މަހު މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މި ދައުރުގައި އަދި ސަރުކާރުން ހުށަހެޅީ ހހަތަރު ބިލެއް ކަމަށެވެ.

އެކަމަކު ޖުމްލަ32 ބިލެއް ހުށަހަޅަން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ.

19 ވަނަ މަޖިލީހަށް ސަރުކާރުން މިހާތަނަށް 102 ބިލެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް