ނިއުކާސަލްގެ ކޯޗުކަށް އެމެރީ ބޭނުމެއް ނުވޭ

ނިއުކާސަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމާ ހަވާލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް އުނައި އެމެރީ ބުނެފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. އެމެރީ މިހެން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުނ...

03 Nov 2021 | 14:09

ނިއުކާސަލްގެ ހުސްވެފައިވާ ކޯޗުގެ މަގާމާ ހަވާލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް އުނައި އެމެރީ ބުނެފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އެމެރީ މިހެން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނިއިރު، ނިއުކާސަލް ގެ ކޯޗުކަމާއި ހަވާލުވުން އެންމެ ގާތީ އެމެރީ ކަމަށް މީގެ ކުރިން މީޑިއާތަކުގައި ވަނީ އަޑުފެތުރިފައެވެ. ނަމަވެސް އެމެރީ އާއި ހަވާލާދީ އޯލްފުޓްބޯލް އިން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެމެރީ ނިއުކާސަލްގެ ކޯޗުކަމާއި ހަވާލުވުމުގެ އެއްވެސް ޝައުޤުވެރިކަމެއްނެތްކަމަށް އޭނާ ބުނެފައިވާ ކަަމަށެވެ. އަދި ނިއުކާސަލްގެ ކޯޗުކަމާއި ހަވާލުވުމަށް އޭނާއަށް މިހާތަނަށް އެއްވެސް ހުށައެޅުމެއް ލިބިފައި ނުވާއިރު، ކުލަބާއި އޭނާއާއި ދެމެދު އެއްވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާކަމަށް ވެސް އެމެރީ ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އުމުރުން 49 އަަހަރުގެ އެމެރީ މިވަގުތު ހަވާލުވެ ހުރީ ސްޕެއިންގެ ވިލަރެއާލްގެ ކޯޗު ކަމާއެވެ. އެ ކްލަބާއެކު އެމެރީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ގެ ޖުލައި މަހުގެ ނިޔަލަށެވެ. އެމެރީ ވަނީ ވިލަރެއާލްއާއެކު މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އެމެރީ ވިޔަރެއާލްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވީ ނިމިގެން ދިޔަ 2020 ވަނަ އަހަރުގެ ޖުލައިމަސް ތެރޭގައެވެ.

ކުރިން ނިއުކާސަލް އަށް އިރުޝާދު ޗެމުން ދިޔައީ ސްޓީވް ބްރޫސްއެވެ. ނަމަވެސްއޭނާގެ އިރުޝާދުގެ ދަށުން އެޓީމުން ނެރެމުން ދާ ދައް ނަތީޖާތަކާއި ގުޅިގެން ދާދި ފަހުން ސައުދީ އަރަބިއްޔާގެ ސޮވަރިން ފަންޑުން ނިއުކާސަލް ގަތުުމަށްފަހު އެކުލަވާލި އާ ބޯޑުން ވަނީ ބްރޫސް މަގާމުން ވަކިކޮށްފައެވެ. އަދި ބްރޫސް މަގާމުން ވަކިކުރުމަށް ފަހު މިހާރު އެ ކުލަބުގެ ބޯޑުން ދަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް