ޑަބްލިއުޓީއެމް ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ލަންޑަނަށް ވަޑައިގެންފި

ވަރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލަންޑަނަށް ވަޑައިގެންފި އެވެ. ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށް...

03 Nov 2021 | 11:22

ވަރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލަންޑަނަށް ވަޑައިގެންފި އެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ވެސް ވަނީ ވަޑައިގެންފަ އެވެ.

ޑަބްލިއުޓީއެމްއަށް އެ ބޭފުޅުން މި ވަޑައިގެންނެވީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށްފަހުގަ އެވެ.

މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުގެ ވެރިޔެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް