އަނިޔާގެ ސަބަބުން ސިޓީ ޑާބީ މެޗުގައި ވެރާން އަށް ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތް - ސޮލްޝެއަރ

އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހުރު ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނުކުންނަ “މެންޗެސްޓަރ ޑާބީ” މެޗުގައި އިތުބާރު ޑިފެންޑަރ ރަފޭލް ވެރާން އަށް ނުކުޅެވިދާނެ ކަމުގެ ބިރު...

03 Nov 2021 | 10:58

އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހުރު ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނުކުންނަ “މެންޗެސްޓަރ ޑާބީ” މެޗުގައި އިތުބާރު ޑިފެންޑަރ ރަފޭލް ވެރާން އަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑް ގެ ކޯޗު އޮލި ގަނ ސޮލްޝެއަރ ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އެޓަލާންޓާ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގެ 36 ވަނަ މިނެޓުގައި ވެރާން އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ބަދަލުކުރަން ޖެހުނު އިރު، އޭނާއަށް އަނިޔާވެފައިވަނީ ކަނާތު ފައިގެ ފަލަމަސްގަނޑަށެވެ.

ވެރާންގެ އަނިޔާގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރަމުން ސޮލްޝެއަރ ބުނީ ވެރާންއަށް އަނިޔާގެ މައްސަލަ ކުރިމަތިވެ މެޗުގެ 36 ވަނަ މިނެޓުގައި ބަދަލުކުރަން ޖެހުމަކީ ޓީމަށް ލިބުނު ހީނަރުކަމެއް ކަމަށާއި ރޭގެ މެޗަށް ވެރާން އެނބުރި އައީ ފްރާންސްގެ ގައުމީޓީމާއި އެކު ކުޅުނު ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށް ފަހު އުކުޅުވަޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގިނަ ދުވަސްތަކަށް ކުޅުމާއި ދުރުގައި ހުރުމަށް ފަހުގައި ކަމަށެވެ. އަދި ރޭގެ މެޗަކީ އޭނާ އަނިޔާއިން އެނބުރި އައިސް ކުޅުނުު ފުރަތަމަ މެޗުކަން ވެސް ސޮލްޝެއަރ ފާހަގަ ކުރިއެވެ.

ސޮލްޝެއަރ ބުނީ ރޭގެ މެޗުގައި ވެރާން އަށް އަނިޔާވެފައިވަނީ އޭނާގެ ކަނާތު ފައިގެން ލަފަމަސްގަނޑަށް ކަމަށާއި އެ އަނިޔާ އާއި ގުޅިގެން ވެރާން އަށް އަންނަ ހޮނިހުރު ދުވަހު ސިޓީ އާއި ދެކޮޅަށް ކުޅޭ ޑާބީ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ. އަދި މަސްގަޑަށް ލިބޭ އަނިޔާ އަކީ ރިކަވަރ ވާން ދުވަސް ނަގާ އަނިޔާއެއް ކަމަށާއި މަދުވެގެން އަނިޔާއިން ރަނގަޅުވާން ހަފްތާއެއް ވަރު ނަގާނެ ކަމަށްވެސް ސޮލްޝެއަރ ބުންޏެވެ.

މީގެ އިތުރުން ސޮލްޝެއަރ ބުނީ ވެރާންއަށް އަނިޔާގެ މައްސަލަ އެހާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށާއި ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ވެރާން އަށް ކުޅެވިދާނެ ކަމުގެ ކޮންމެ ވެސް ވަރެއްގެ އުންމީދެއް އެބައޮތް ކަމަށެވެ. ނަމަވެސް އެ މެޗުގައި ވެރާންއަށް ކުޅެވިދާނެތޯ ނުވަބަތަ ނޫންތޯ އަދި ކަށަވަރުކޮށް އެއްޗެސް ނުބަން ނޭންގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ވެރާންއަށް އަނިޔާގެ މައްސަލަ ކުރިމަތި ވިއިރު، ޑިފެންޑަރ ލިންޑެލޯފްއަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޭނާ ފިޓް ވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ސޮލްޝެއަރ ވަނީ ބުނެފައެވެ.

މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ޔުނައިޓެޑު ނިކުންނަ މެޗު ކުޅޭނީ އަންނަ ހަފްތާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް