މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މ.އޮޅުހާގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ. ހާދިސާގެރިޕޯޓު އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއުއަށް ކޮށްފައިވަނީ ހަވީރު 3:21 ގަ އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ގޭސްފުޅި ގޮވި ގެއަށް ސިފައިން މިހާރު ގޮސްފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް އެކަކު ފިހިފައިވާ ކަމަށެވެ.
އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިކަމަށް އޭނާ ވިދާޅުވި އެވެ. ހާދިސާގައި ފިހިފައިވަނީ އުނދުން ރޯކުރި މީހާއެވެ.
މިހާދިސާގައި އަލިފާން ހިފުމާއި އެކު ވަގުތުން ނިވާލެވިފައިވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް