"ގާލް-ޕަވާޑް" ކޯޑިންގް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

ކޮމްޕިއުޓަރ ކޯޑިންްގ ދަސްކުރަން ބޭނުންވާ އަންހެން ކުދިންނަށް އަމާޒު ކޮށްގެން "ގާލް-ޕަވާޑް" ގެ ނަމުގައި ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ޕްރޮގްރާމަކީ ހައުސިންގް ޑިވެލޮޕްމެ...

03 Nov 2021 | 10:40

ކޮމްޕިއުޓަރ ކޯޑިންްގ ދަސްކުރަން ބޭނުންވާ އަންހެން ކުދިންނަށް އަމާޒު ކޮށްގެން "ގާލް-ޕަވާޑް" ގެ ނަމުގައި ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވިމެން އިން ޓެކް މޯލްޑިވްސް އާއި ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ކުރިޔަށް ގެންދަނީ "ކޮމްޕިއުޓަރ ފޮރ ބިގިނާސް މޯލްޑިވްސް 2021 " ނަމުގައި އެވެ.

އެޗްޑީސީން މަޢޫލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގެ މަޤްސަދަކީ އަންހެން ކުދިން ބާރުވެރި ކުރުވުމަށާއި ހުޅުމާލެއަކީ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި ޓެކްނޮލޮޖީގެ ޒަރީޢާއިން އެފަދަ ބަދަލުތައް ސިޓީއަށް ގެނެވޭނެގޮތް ކުދިންނަށް ދަސްކޮށް ދިނުމެވެ. ހަމަ މިއާއެކު އަންހެން ކުދިން މިދާޢިރާ އަށް ޝައުގުވެރި ކަންއިތުރު ކުރުވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 6 އަދި 7 ގައި ކިޔަވަމުންދާ އަންހެން ދަރިވަރުންނަށް އަމާޒުކޮށެވެ. ޕްރޮގްރާމުން ޖާގަ ދިނުމަށްހަމަޖެހިފައިވަނީ ފުރަތަމަ ފޯމު ހުށަހަޅާ 20 ކުދިންނަށެވެ.

އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީި އަށެއް ނޮވެމްބަރުު 2021 އިން ފެށިގެން ހައެއް ޑިސެމްބަރު 2021 އާއި ހަމައަށް އޮންލައިންކޮށެވެ.

ބައިވެރިވުމަށް ޝައުގުވެރިވާ ކުދިން ހަތެއް ނޮވެމްބަރު 2021 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން އޮންލައިންކޮށް ފޯމް ހުށަހަޅަން ޖެހެ އެވެ.

މި ލިންކު މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ އެވެ. https://forms.gle/FmwmW4HBQrj4Mvqh6

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް