މުލަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަން ފަށައިފި

މިހާރު ކުރަމުންދާ ވިއްސާރައިގައި މ. މުލަކުގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަން ފަށައިފިއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު މެންދުރުފަހު ކުރި ޓުވީޓެއްގައި ބުނީ މުލަ...

03 Nov 2021 | 10:30

މިހާރު ކުރަމުންދާ ވިއްސާރައިގައި މ. މުލަކުގެ މަގުތަކުގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަން ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު މެންދުރުފަހު ކުރި ޓުވީޓެއްގައި ބުނީ މުލަކުގެ މަގުތަކުގައި ފެން ބޮޑުވެ ގެތަކަށް ފެން ވަންނަން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން މުލަކުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމުގައި ވިދާޅުވިއެވެ.

މުލަކުގައި ފެން ބޮޑުވެފައިވާއިރު އެ އަތޮޅު މުއްޔާއި ވޭވަށުގައި ވެސް ވަނީ މިއަދު ފެން ބޮޑު ވެފައެވެ.

ފެން ބޮޑުވުމުގެ ސަބަބުން އާރްޑީސީ ހިމެނޭހެން ކައުންސިލާއި އާންމު ރައްޔިތުންނާއި އެމްޓީސީސީން ދަނީ ވެލި ބަސްތާ ޖެހުމުގައި އެހީތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް