އިއްޔެ ފާހަގަ ކުރި ބޮލީވުޑްގެ ކިންގް ހާން ޝާހްރުކް ހާންގެ 56 އުފަންދުވަހުގެ ތަހުނިޔާ ކިޔައި ޔޫއޭއީގެ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ހަލީފާ ދިއްލާލައިފި އެވެ.
މިއީ މިއަހަރު އަލަށް ކުރި ކަމެއް ނޫންނެވެ. މިދިޔަ ތިން އަހަރުވެސް ޝާހްރުކްގެ އުފަންދުވަހު ބުރުޖު ހަލިފާ ދިއްލާލާފައިވެ އެވެ.
މިކަން ކުރަނީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެމާރް ޕްރޮޕަޓީސް އެންޑް އީ ކޮމާސްގެ ފައުންޑާ މުހައްމަދު އަލައްބަރެވެ. އޭނާ އަކީ ޝާހްރުކް ހާންގެ ވަރަށް ގާތް އެކުވެރި އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޝާހްރުކްގެ އުފަންދުވަގުގެ ތަހުނިޔާ ކިޔައި އިމާރާތް ދިއްލަމުން ދިޔައިރު މިއުޒިކަކަށް ހުރީ ޝާހްރުކް ކުޅެފައިވާ މަޝްހޫރު ފިލްމު "ދިލްވާލޭ ދުލްހަނިއާ ލޭ ޖައެނގޭ" ގެ ލަވައެކެވެ؛ އަދި ސްރީނަށް ދިޔައީ ޝަހްރުކްގެ ފޮޓޯއެއް އަރުވައި އެމީހުން ވަރަށް ލޯބިވާ ކަމަށް އަރުވަމުންނެވެ.
https://twitter.com/mohamed_alabbar/status/1455626133215481856
މިދިޔަ އަހަރު އުފަންދުވަސް އައި އިރު ޝާހްރުކް ހުރީ ދުބާއީގަ އެވެ. އެރޭ ބުރުޖު ހަލީފާ އުފަންދުވުގެ ތަހުނިޔާ ކިޔައި ދިއްލާލުމުން އޭނާ ބުނެފައިވަނީ ދުނިޔޭގެ އެންމެ އުސްއިމާރާތުގެ ސްކްރީން އޭނާއަށް ޓަކައި ހާއްސަ ކުރީތީ އުފާ ކުރާ ކަމަށެވެ. އަދި ޝާހްރުކްގެ އެކުވެރިޔާ އަލައްބަރަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އޭގެ ކުރީ އަހަރުވެސް ވަނީ ޝާހްރުކް އެކްޓުކޮށްފައިވާ ކުރީގެ މަޝްހޫރު އެހެން ފިލްމެއްގެ ލަވައަކައި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔައި ބުރުޖު ޖަލީފާ ދިއްލާލާފައެވެ.
https://www.instagram.com/p/B4X1K57FhE-/?utm_source=ig_embed
ޝާހްރުކްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނީ ފިލްމު "ޕަތާން" އިންނެވެ. އެ ފިލްމުގައި ޝާހްރުކް އާއި އެކު ފެނިގެންދާނީ ދީޕިކާ ޕަދުކޯން އެވެ.
އެންމެ ފަހުން ޝާހްރުކް ކުޅެފައިވަނީ 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޒީރޯ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް