އެއާ ފްރާންސްއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އަލުން ފަށައިފި އެވެ.
އެ އެއާލައިންގެ ދަތުރުތައް މިއަހަރު ތެރޭ މެދުކަނޑާލީ ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެގެންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބުނީ އެ އެއާލައިންގެ ދަތުރުތައް އިއްޔެ އަލުން ރާއްޖެއަށް ފަށާފައިވާ ކަމަށެވެ.
ދަތުރުތައް އަލުން ފަށާފައިވަނީ 2017 ވަނަ އަހަރު އެއާ ފްރާންސްގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފެށި ދުވަހާއި ދިމާކޮށެވެ. ވީއައިއޭއިން ވަނީ އެއެއާލައިންގެ ދަތުރުތައް އަލުން ފެށުމުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެއާ ފްރާންސްގެ ދަތުރުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޝާލް ދި ގުލި އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެެވެ. ހަފްތާއަކު ދެ ދަތުރު އެ އެއާލައިނުން ރާއްޖެއަށް ކުރެއެވެ.
ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ގިނަ 10 ޤައުމަށް ބަލާއިރު، ފްރާންސް އަކީ އޭގެ ތެރެއިިން އެއް ޤައުމެވެ.
https://twitter.com/VelanaAirport/status/1455519051636035590
މިއަހަރު ކުރީ ކޮޅު ރާއްޖޭގެ ކޯވިޑް ހާލަތު ގޯސްވެގެން ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލި އެވެ. އޭގެ ފަހުން މިދިޔަ އޮގަސްޓު މަހުން ފެށިގެން އެ އެއާލައިންތަކުގެ ދަތުރުތައް އަލުން ފަށަން ފަށާފައިވާއިރު އެއާ ފްރާންސަކީ ވެސް އެފަދަ އެއާލައިނެކެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ މަހުގެ މިދިޔަ މަސް ނިމުނު އިރު ރާއްޖެއަށް 30 އަށްވުރެ ގިނަ އެއާލައިނުން ދަތުރު ކުރެ އެވެ. އަދި އެ އަދަދި މިމަހު ތެރޭ އިތުރުވާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް