ގަލޮޅު ސްކޫލްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މިހާދިސާގައި ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފާހާނާއަށް ގެންގޮސް ކަމަށްވެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެރޭ ހައްޔަރު ކުރީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން ރޭ ފުލުހުން ބުނީ ޕީޖީ އޮފީހުން އެދިގެން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޕީޖީޮއފީހުގެ މީޑީއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝާފިއު ވިދާޅުވީ މައްސަލައިގަ ގިތެއް ނިންމުމަށް އެ އޮފީހުން ހުށަހެޅުނު ލިޔުންތަކާއި ލިބުނު މައުލޫމާތުތަކާއި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް ބަލާފައިވާނެ ކަމަށެވެ. އެކަން ކަމަށް ބެލި އިރު އެމީހާ ބަންދުގައި ބަހައްޓަން ޖެހޭ ފަސަ ސަބަބެއް ނެތް ނުފެނުނު ކަމަށް ޝާފިއު ވިދާޅުވި އެވެ.
އޭނާ ބުނީ އެގޮތަށް ނިންމީ ކުޑަކުދިންނާއި މެދު ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެ މައްސަލައިގަ ގަލޮޅު ސްކޫލުން ވަނީ މަސައްކަތު ހުރިހާ މުވައްޒަފުން ސަސްޕެންޑުކޮށްފަ އެވެ. އަދި މިހާރު ސްކޫލްގެ 18 ސަރަހައްދެއްގައި ސީސީޓިވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ބެލެނިވެރިންނަށް އަންގާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީންވެސް ދަނީ މި މައްސަލަ ބަލަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް