ބަޖެޓު ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އަންނަ 2020 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ މަޖިލީހަށް ފޮނުވާފައިވާ ފިސްކަލް ސްޓްރެޓެޖީގައިވާ ގ...

03 Nov 2019 | 12:32

އަންނަ 2020 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ޖުލައި މަހުގެ މަޖިލީހަށް ފޮނުވާފައިވާ ފިސްކަލް ސްޓްރެޓެޖީގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 39.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުން މިއަހަރަށް ހުށަހަޅާފައިވަނީ 29.2 ބިލިއަން ރުފިޔާގެ ބަޖެޓެއްނަމަވެސް މަޖިލިހުން ގެނައި އިސްލާހުތަކާއެކު ބަޖރޓު ވަނީ 30.2 ބިލިއަން ރުފިޔާ އަށް އަރާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި 1.7 ބިލިއަން ރުފިޔާއާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 30.9 ބިލިއަން ރުފިޔާއަށް އަރައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެއެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަޖިލިހަށް ހުށަހަޅާ ދެވަނަ ބަޖެޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް