ޖޫސްޕެޓީ ކޮތަޅެއްގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު 21600 ރުފިޔާއިން ޖޫރުމަނާކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ޖޫރިމަނާކޯށްފައިވަނީ ތ. ދިޔަމިގިލި / މަޑުފެހިވިލާ، އިސްމާއީލް ނިހާން އެވެ.
މިދިޔަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު
ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ އޭނާ ޖޫރިމަނާކޮށްފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ 15 އޯގަސްޓް 2018 ވަނަ ދުވަހުގެ 21:20 ހާއިރު ނިހާން އާއި އިތުރު މީހަކު، މާލޭ ސިނާއީ ސަރަހައްދުގައި ތިބިއިރު، އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން އެ ދެމީހުން ގާނޫނާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް އެވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ތުހުމަތު ކުރެވިގެން އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެދެމީހުން ހަށިގަނޑު ބަލައިފާސްކުރި އިރު ދެމީހުންގެ އަތުން "ދަބެރީ ކޮމްޕެނީ" ބްރޭންޑުގެ ޖޫސްޕެކެެއް ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާގެ ވަ އަތުން ފެނުނު ޖޫސް ޕެކެޓާއި އޭނާގެ ސައިކަލު މަޑިދަށުން ފެނުނު ބޮނަކުއާ ބްރޭންޑުގެ ފުޅީގައި ހުރި ދިޔާތަކެތި ތަހުލީލު ކުރިއިރު، އެތަކެތި ބަނގުއާތްވަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، ނަމަވެސް އެ އަދަބު 21،600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދައްކާ ހަލާސްކުރުމަށެވެ.
މިއީ ނިހާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަން ގަޒިއްޔާ ނިމުނުގޮތުގެ ހުލާސާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް