މަންދޫ ކައިރިން އޮޔާދިޔަ އީރާނު ބޯޓަކަށް ފުލުހުން އަރައިފި

އީރާނުގެ ބޯޓެއް ރާއްޖޭގައި އޮޔާދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އދ. މަންދޫ ކައިރިން ރާއްޖެއިން ބޭރު ލަކުޑި ބޯޓެއ...

03 Nov 2019 | 07:14

އީރާނުގެ ބޯޓެއް ރާއްޖޭގައި އޮޔާދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އދ. މަންދޫ ކައިރިން ރާއްޖެއިން ބޭރު ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން މަންދޫ އާއި ދިމާލަށް އޮޔާދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:20 ހާއިރު ކަމަށެވެ.

ފުލުހުންނަށް މިމައުލޫމާތު ރިޕޯޓުކުރުމުން ކޯސްޓްގާޑަށް އެންގުމަށްފަހު އެބޯޓަށް އަރައިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އެސަރަހައްދަށް ގޮސް، އެބޯޓަށް އެރުމަށްފަހު ބެލިބެލުމުން އެއީ އީރާނު ބޯޓެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ބޯޓުގައި އީރާނުގެ ހަތް ފިރިހެނުން ތިބިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް