ނިމިދިޔަ ހަފްތާ 56 އެކްސިޑެންޓް ހިނގައި 14 މީހަކަށް އަނިޔާވެފައިވެއެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ވަނީ މާލެ ސަރަހައްދުގައި 56 އެކްސިޑެންޓެއްހިނގައި 14 މީހަކަށް އެކުވަރުގެ އަނިޔާ ލިބިފައެވެ.
އެގޮތުން މި މުއްދަތުގެ ތެރޭގައި އެކްސިޑެންޓްތަކާއި ގުޅިގެން ނުވަ މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.
ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ ހަފްތާ ލައިސަންސް ކާޑު ނެތި ދުއްވި 39 މީހަކު ވަނީ ހިފަހައްޓާފައެވެ. މީގެއިތުރުން ލައިސަންސް ނެތި ދުއްވި 69 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ބާރަށް ދުއްވި ފަސް މީހަކު ވެސް ފުލުހުން ވަނީ ހުއްޓުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް