ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަޙުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ. ރައީސް ސޯލިހު ކުރެއްވި ޓްވީޓަކުން ދިވެހި ހުރިހާ ރައްޔިތުންނަށް ނަސްރުގެ ދުވަ...

03 Nov 2019 | 04:45

ނަސްރުގެ ދުވަހުގެ ތަޙުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓަކުން ދިވެހި ހުރިހާ ރައްޔިތުންނަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވަނީ ކިޔުއްވާފައެވެ. އަދި ޝަހީދުވެ ދިޔަ ބަތަލުންގެ ހަނދާން ވެސް އެމަނިކުފާނުގެ ޓްވީޓުގައި ވަނީ އާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަހީދުވެދިޔަ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމުގައެވެ.

https://twitter.com/ibusolih/status/1190827116465537024

ދިވެހިންނަށް ނަސްރު ލިބުނުތާ 31 ވަނަ އަހަރު ފާހަގަކުރާއިރު، އެއީ ސްރީލަންކާގެ ޕްލޯޓް ޖަމާއަތާއި ރާއްޖޭ ބަޔަކު އިސްވެ ތިބެގެން ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި، ރާއްޖެ ހިފަން ދިން ހަމަލާއެކެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިންނަށް ނަސްރު ލިބުނު ނަމަވެސް، އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ދިވެހިން މިހާރު ވަނީ މިނިވަންވެފައެވެ. އަދި ހަމަލާގެ މޭސްތިރިޔާ ބާޣީ އަބްދުﷲ ލުތުފީ ރާއްޖޭން ފިލައިގެން ދިޔަ ނަމަވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެހަމަލާގައި 19 ދިވެއްސަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް