މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރްޖް ޚަލީފާ، ޝާހްރުކް ޚާންގެ އުފަންދުވަހުގެ ތަހުނިޔާ އާއި އެކު ދިއްލާލައިފި އެވެ.
އިއްޔެ ޝާހުގެ އުފަންދުވަސް މުޅި އިންޑީއާއިން ފާހަގަކުރިއިރު، މިއީ ބޮލީވުޑްގެ ތަރިއެއްގެ ނަން ބުރްޖް ޚަލީފާގައި ދިއްލައިލި ފުރަތަމަ ފަހަރެވެ. ބޮލީވުޑްގެ ރޮމޭންސް ކިންގް، ޝާހުގެ ނަމުން ބުރްޖް ޚަލީފާ ދިއްލައިލުމުން ފޭނުން ދަނީ އެކަމާ އުފާ ފާޅުކުރަމުންނެވެ.
ޝާހު ވަނީ ރޭގައި ބުރްޖް ޚަލީފާގެ ވީޑީއޯއެއް ސޯޝަލް މީޑީއާގައި ހިއްސާކުރުމަށްފަހު ބުރްޖް ޚަލީފާ އަށާއި، ދުބާއީގެ ވެރިޔާއަށް ޝުކުރު އަދާކޮށްފައެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދިއްލީގައި ހުންނަ އޭނާގެ ގެ "މަންނަތު" ކައިރިއަށް ރޭ ވަނީ އެތައް ހާސް ފޭނުންނެއް އެއްވެފައެވެ. އެއީ ކޮންމެ އަހަރަކު ވެސް އޭނާގެ އުފަންދުވަހާ ދިމާކޮށް އޮންނަ އިވެންޓެކެވެ. ކޮންމެ އަހަރަކު ވެސް ފޭނުންނާ ބައްދަލުކޮށްލުމަށް ގޭގެ ބެލްކަންޏަށް ޝާހު ނިކުންނާނެ އެވެ.
އިއްޔެ ޝާހުއަށް ފުރިފައި އެވަނީ 55 އަހަރެވެ.
ބުރްޖް ޚަލީފާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 2010 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް