ޕްރިމިއާ ލީގު: ޕެލަސްގެ މައްޗަށް ޗެލްސީން ކުރި ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. މި މެޗުން ޕެލަސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުނ...

03 Oct 2020 | 16:32

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއި އެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

މި މެޗުން ޕެލަސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

މެޗުގެ ދެވަނަ ހާފައް ކުޅެން ނިކުމެ ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ޗިލްވެލްއެވެ.

މި މެޗުގައި ޗެލްސީން ލީޑު ފުޅާކުރި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗިލްވެލް ނަގައިދިން ހުރަހަކުން ޑިފެންޑަރު ކާޓް ޒޫމާއެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިޑްފީލްޑަރު ޖޯޖީނިއޯ ވަނީ ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު އިތިރަށް ފުޅާކޮށްފައެވެ.

މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމަށް ޕެލަސްގެ ޓީރިކް މިޗެލް ކުރި ފައިލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑުވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރިއިރު، މެޗުގެ 82 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޗެލްސީގެ ކައި ހަވާޓްޒަށް އަޑް ޕެލަސްގެ ޑިފެންޑަރު މަމަދޫ ސަކޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މިއަދުގެ މި މޮޅާއެކު ޗެލްސީ ވަނީ 7 ޕޮއިންޓާއި އެކު ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. އަދި ޗެލްސީ އަތުން ބަލިވި ޕެލަސް އޮތީ 6 ޕޮއިންޓާއި އެކު ތާވަލުގެ އަށްވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް