ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދު އަނެއްކާވެސް ސީޕްލޭންގެ ހިދުމަތް ފަށަނީ

ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދު އަނެއްކާވެސް ސީޕްލޭންގެ ހިދުމަތް ފަށަން ނިންމައިފި އެވެ. މި ހިދުމަތް ދެނީ އައިލެންޑް އޭވިއޭޝަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ގުޅިގެންނެވެ. މިކަމުގެ އެއްބ...

03 Oct 2020 | 12:23

ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދު އަނެއްކާވެސް ސީޕްލޭންގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

މި ހިދުމަތް ދެނީ އައިލެންޑް އޭވިއޭޝަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. އަދި އޭއައިއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް އައްޑޫ ސިޓީ ގަމުގެ ސީޕްލޭން އޮޕަރޭޓް ކުރާ ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ މެމްބަރުން ވެސް ބައިވެރިވައިގެންނެވި އެވެ.

މިއަދު ވީ އެއްބަސްވުމުގެ ދެ ދަށުން ދެ މަސްތެރޭގައި އެ ސަރަހައްދުގައި ސީޕްލޭންގެ ހިދުމަތް ފަށާނެ އެވެ. އެ ދެ ކުންފުނިން ބުނީ މި ހިދުމަތް ދޭން ފެށުމަށް ވާންޖެހޭ ތައްޔާރިތައް ވަމުންދާ ކަމަށެވެ.

މީގެ ސަބަބުން ދެކުނުގެ ޓޫރިޒަމަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އައިއޭއެސް އާއި އޭއައިއޭ އިން ބުންޏެވެ. މި ހިދުމަތް ދިނުމަށް ނިންމާފައިވަނީ އެ ސަރަހައްދުގެ ޓޫރިޒަމް ކުރިއެރުމަށް އަމާޒުކޮށެވެ.

ހުވަދު އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދު ސީޕްލޭންގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 2016 ވަނަ އަހަރު އެވެ. އެ ހިދުމަތް ފެށިތާ މާގިނަ ދުވަހެއް ނުވެ ތަރުހީބު ކުޑަވެގެން ވަނީ ހުއްޓާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް