ޔޫރޮޕާ ލީގުގެ މޮޅު ކުޅުންތެރިއަކަށް ލުކާކޫ ހޮވިއްޖެ

މިދިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް ލިބިއްޖެ އެވެ. ނިމިގެން ދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ އެންމެ ...

03 Oct 2020 | 05:02

މިދިޔަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫއަށް ލިބިއްޖެ އެވެ.

ނިމިގެން ދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާން ކޮށްފައިވަނީ ރޭ ސްވިޒަލެންޑުގެ ނިޔޯނުގައި އޮތް ޔޫރޮޕާ ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލުކާކޫއަށް ލިބުނުއިރު، ލުކާކޫ މި މަގާމު ހޯދީ މެންޗެސްޓާ ޔުނައިޓެޑުގެ ބްރޫނޯ ފެނާމްޑޭސް އާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާގެ އެވާ ބަނޭގާއާ ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެއްކޮޅުން އިންޓަމިލާން ކުޅެ ސެވިއްޔާއަތުން ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ލުކާކޫ ވަނީ ޖުމްލަ ނުވަ ލަނޑު ޖަހާފައެވެ. ލުކާކޫ އަންނަނީ ފަހަކަށް އައިސް އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅެދިން 53 މެޗުގައި 37 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް