މާނޭ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ ގާތްގާތުގައި ލިވަޕޫލްއިން ކޮވިޑް-19 އަށް ޕޮއސިޓިވްވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ތިން ދުވަސް ކުރިން...

03 Oct 2020 | 04:38

ލިވަޕޫލަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއީ ގާތްގާތުގައި ލިވަޕޫލްއިން ކޮވިޑް-19 އަށް ޕޮއސިޓިވްވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ތިން ދުވަސް ކުރިން ޕޮސިޓިވް ވެފައިވަނީ ބަޔާންއިން ދާދި ފަހުން ލިވަޕޫލްއާއި ގުޅުނު މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާއެވެ.

މާނޭ ކޯވިޑަށް ޕޮޒިޓިވްވެ އައިސޮލޭޝަންގައި ހުރިކަން އޭނާގެ ކުލަބު ލިވަޕޫލުން ކަށަވަރުކޮށްދީފައި ވާއިރު، ލިވަޕޫލްގެ ރަސްމީ ވެބްސައިޓްގައި އެ ކުލަބުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސެނަގާލްގެ ފޯވާޑް  މާނޭގެ ފަރާތުން ބަލީގެ އަލާމާތްތައް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް މާނޭގެ ހާލު ރަގަޅު ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިނގިރޭސި ލީގު ކަޕްގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗަށުގައި މާނޭ ކުޅެފައެއް ވެސް ނުވެއެވެ.

ލިވަޕޫލުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ތިއާގޯ އެކޭ އެއްގޮތަށް މާނޭ ވެސް ކޯވިޑާ ގުޅިގެން ކަމާ ގުޅޭ ފަރާތްތަކުން އެކުލަވާލައިފައިވާ އުސޫލުތަކާ އެއްގޮތުން އަމަލުކުރަމުންދާ ކަމަށާއި އެގޮތުން މާނޭ ވެސް ކަނޑައެޅިފައިވާ މުއްދަތަށް އައިސޮލޭޝަންގައި ހުންނާނެ ކަމަށެވެ. އަދި މާނޭވެސް ތިއާގޯވެސް ކޮވިޑް އިން ރަނގަޅުވެ އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އަނާނޭ ދުހަކަށް އުންމީދުކުރާ ކަމަށްވެސް ލިވަޕޫލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މާނޭ ކޯވިޑަށް ޕޮޒިޓިވްވުމުން ޕްރިމިއަރ ލީގުގައި މި ހަފްތާގައި ލިވަޕޫލުން އެސްޓަން ވިލާ އާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް